ސަރުކާރުގެ ބޮޓުން ސަރުކާރު ޕްރޮމޯޓް ކުރުމުގައި އަވަދިނެތި

Sarukaaruge botun sarukaaru promote kurumugai avadhinethi

މުއިޒުއަށް ވެރިކަން ލިބުމާއެކު ގިނަ އަދަދެއްގެ ސިޔާސީ މީހުން ވަނީ އައްޔަނު ކުރައްވާފައެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ޑެޕިޔުޓީ މިނިސްޓަރުންނާއި، ޕޮލިޓިކަލް ޑިރެކްޓަރުން ހިމެނެއެވެ.

 

މައިގަނޑު މަސްއޫލިއްޔަތު

ސަރުކާރުން މިގޮތަށް އައްޔަނު ކުރައްވާފައިވާ މީހުންގެ މައިގަނޑު މަސްއޫލިއްޔަތަކީ ސަރުކާރު ޕްރޮމޯޓް ކުރުމެވެ. ހާއްސަކޮށް ސޯޝަލް މީޑިޔާގައި ސަރުކާރު ޕްރޮމޯޓްކޮށް އަދި ސަރުކާރު ދިފާއުކޮށް ޕޯސްޓް ޖެހުމެވެ. މިބައިމީހުނެކޭ ސަރުކާރު ޕްރޮމޯޓް ކުރުމަށް ޕްރޮގްރާމް ކޮށްފައި ތިބި ބޮޓުންނެކޭ އެއްވެސް ތަފާތެއްނެތެވެ. ސަރުކާރާ އެއްކޮޅު ޕޯސްޓެއް ސޯޝަލް މީޑިޔާއިން ފެނިއްޖެޔާ ޝެޔާ ކޮށްލަނީއެވެ.

ސޯޝަލް މީޑިޔާގައި ސަރުކާރު ޕްރޮމޯޓް ކުރުމުގެ އިތުރުން، މިމީހުން ސަރުކާރުގެ މެމްބަރުން އަދި އިސް މީހުނާއެކު ރަށް ރަށަށް ވެސް ދާން ޖެހެއެވެ. މި ބޭފުޅުންގެ ފަހަތުގައި ރަށް ރަށަށް ދާންޖެހޭ އިރު ހީވަނީ މި ބޭފުޅުންގެ ޕާސަނަލް ސެކެރެޓަރީ ހެންނެވެ.

 

ރައްޔިތުންގެ ޓެކްސް ފައިސާ އިސްރާފު ކުރުން

ރައްޔިތުންގެ ޓެކްސް ފައިސާއިން ބޮޑު މުސާރައެއްދީގެން ގިނަ އަދަދެއްގެ ސިޔާސީ މީހުން ސަރުކާރުން ނަގާފައި މިވަނީ ޤައުމުގެ އިޤްތިސާދީ ހާލަތު ދަށްވެފައިވާ ދުވަސް ވަރެއްގައެވެ. ހަރަދު ކުޑަކުރުމަށް ރައްޔިތުންނަށް އަންގަމުންދާއިރު، ސަރުކާރުންދަނީ ގިނަ އަދަދެއްގެ ފައިސާ ސިޔާސީ މުއައްޒިފުންނަށް ހަރަދު ކުރަމުންނެވެ. މިގޮތަށް އައްޔަނު ކޮށްފައި ތިބި މީހުނަށް 20 ހާހަށް ވުރެ ބޮޑު މުސާރައެއް ދޭއިރު، މިއީ ރައްޔިތުންގެ ޓެކްސް ފައިސާއިން ކުރާ ބޮޑު އިސްރާފެކެވެ.

 

އަދަބެއް އަހްލާގެއް ނެތް

ސަރުކާރުން އައްޔަނު ކުރައްވާފައިވާ ގިނަ ސިޔާސީ މީހުންނަކީ ތައުލީމީ އަދި އަހުލާގީ ފެންވަރު ދަށް މީހުންނެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ސޯޝަލްމީޑިއާގައި ފުރައްސާރަކުރި މައްސަލައިގައި ތިން ޑެޕިޔުޓީ މިނިސްޓަރުން މުއްދަތެއް ނެތް ގޮތަށް ވަނީ ސަސްޕެންޑު ކޮއްފައެވެ.

ސަސްޕެންޑު ކޮށްފައިވާ 3 ޑެޕިޔުޓީ މިނިސްޓަރުން | ޕޮޓޯ: އަދަދު ނޫސް

ސަސްޕެންޝަނުގައި ތިބި ނަމަވެސް ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ، މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި މަހުޒޫމް މާޖިދު ލައްވައި ފާއިތުވި ފަސް މަސް ދުވަހު ރަސްމީ އެއްވެސް މަސައްކަތެއް ނުކުރުވައި މުސާރައިގެ ގޮތުގައި 400،000ރ. އަށްވުރެ ގިނައިން ދައުލަތުން ވަނީ ދީފައެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Haha
Haha

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Faisaa negumah fahu cycle nudhey kamuge shakuvaa

ފައިސާ ނެގުމަށްފަހު ސައިކަލް ނުދޭކަމުގެ ޝަކުވާ

0

Fenaka adhi RDC in meehun kandan angaafi

ފެނަކަ އަދި އާރްޑީސީ އިން މީހުން ކަންޑަން އަންގައިފި

1

Sarukaarun dhashah dhaane kamah lafaa kuri dollaru ge agu alun anburaa mahchah

ސަރުކާރުން ދަށަށް ދާނެކަމަށް ލަފާކުރި ޑޮލަރުގެ އަގު އަލުން އަނބުރާ މައްޗަށް

0